ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ފުޓުބޯޅައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ އިތުރުން، އިސްލާހުކޮށްފައިވާ ކުޅިވަރުގެ ގާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވޭނެ މަގު ފަހިކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ބޭނުންވާ ފުރުސަތު ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމުގައެވެ. އަދި ފުޓުބޯޅަ އަކީ މުޅި ދުނިޔެވެސް އެއްބައިވަންތަ ކުރުވާ، ބަދަހި ކުޅިވަރެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު