ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާއިލާއެއްގެ ފެށުމަކީ މައިންބަފައިން ކަމަށާއި، ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމާއި ކިޔަމަންގަތުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާތްވެގެންވާ އިސްލާމްދީން އާއިލާއަށް ދޭ ގަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި މިކަމުންވެސް ހާމަވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށާއި، ގައުމެއްގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށެވެ.
"ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅައިލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ އަރިސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު