މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ އެސްޓޭޓުން ބޭރުގެ ގާނޫނީ ފާމުތަކަކަށް ބޯނަސްގެ ގޮތުގައި ދޫކުރި 625،000 އެމެރިކާ ޑޮލަރު އަނބުރާ އެސްޓޭޓަށް ރައްދުކުރުމަށް ލޮސް އެންޖެލިސްގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި މައްސަލައަކީ މައިކަލް ޖެކްސަންގެ އުމުރުން 28 އަހަރުގެ އަންހެން ދަރިފުޅު ޕެރިސް ޖެކްސަން، އެސްޓޭޓް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ކޯޓުން ނިންމި 23 ސަފުހާގެ ނިންމުމުގައި ބުނެފައިވަނީ، 2018 ވަނަ އަހަރު އެސްޓޭޓްގެ އެގްޒެކިއުޓަރުން ކަމަށްވާ ޖޯން ބްރާންކާ އަދި ޖޯން މެކްލެއިން، ތިންވަނަ ފަރާތެއްގެ ގާނޫނީ ފާމުތަކަކަށް ދޫކުރި ބޯނަސް ފައިސާއަކީ ހުއްދަ ކުރެވިފައިވާ ފައިސާއެއް ނޫން ކަމަށެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު މިޗެލް ބެކްލޮފް ވިދާޅުވީ، ހުށަހަޅާފައިވާ މައުލޫމާތަށް ބަލާއިރު އެ ފައިސާ ދޫކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށެވެ. “ބޯނަސް ފައިސާ ދިނުމަކީ ހުއްދަކުރެވިފައިވާ ކަމެއް ނޫން. އެއީ މަނާކުރެވިފައިވާ ކަމެއް. އެ ފައިސާ އެސްޓޭޓަށް އަނބުރާ ރައްދުކުރަން ޖެހޭނެ،” ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި ނިންމުމާ ގުޅިގެން ޕެރިސް ޖެކްސަންގެ މާލީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި އެސްޓޭޓްގެ ފައިސާ ބެލެހެއްޓުމުގައި އިތުރު ހާމަކަން ބޮޑު ގޮތްތަކެއް ގެންގުޅުމަށް ކޯޓުން ވަނީ އަންގާފައެވެ. ޕެރިސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ޕެރިސް އަބަދުވެސް އިސްކަންދެނީ އާއިލާއަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ކުރުމަށެވެ. އަދި މިއީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން