"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުން، އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
ނަމަވެސް، "އަދަދު" ނޫހުން ރޭ އެ ހަބަރު ޝާއިއުކުރި ގޮތުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި، ލީވާން މާދަމާ ހެނދުނު ކޯޓަށް ހާޒިރުވާން މިއަދު ވަނީ ޗިޓު ފޮނުވާފައެވެ.
ކޯޓުގެ އަމުރުގައިވާ މައިގަނޑު ނުކުތާތަކަކީ:
- ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުން
- ޑޮކިއުމެންޓްރީގެ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުން.
- މައްސަލައިގެ ހަސްމުންނާއި އަނިޔާލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުން.
- ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުން.
މި މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. މީގެކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރުނުވެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.
މުހައްމަދު އިޝާން
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ