ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަންނަ މަހު އަލުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވާނެ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަ ކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޮޑު ބާރަކަށް ވެގެންދާކަމެއްކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންނާ އަބަދުވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ބައެއް ރަށްރަށަށް އެ މަނިކުފާނު ވަނީ ދެ ބުރަށްވެސް ވަޑައިގެންފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު