ހުޅުމާލެ ފޭސް ދޭކުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީއެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައި ކަމަށް ފުލުހުން ބުންޏެވެ.

އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 ހާއިރު ކަމަށެވެ. އެ ކުއްޖާ ގެއިން ނުކުތް އިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި މަޑު ނޫކުލައިގެ ޖިންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު ކަމަށެވެ. އަދި މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާ ގުޅޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށް ބުންޏެވެ.

އެހެންކަމުން، އަލްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފައެވެ.