ދުނިޔޭގެ އެންމެ ބޮޑު އެއް ފެޝަން އިވެންޓް ކަމަށްވާ މެޓް ގާލާގެ ރެޑް ކާޕެޓަކީ މިހާރު ހަމައެކަނި ރީތި ހެދުންތައް ދައްކާ ތަނެއް ނޫނެވެ. އެއީ ފެޝަން މެދުވެރިކޮށް ވާހަކަތަކެއް ކިޔައިދޭ ޕްލެޓްފޯމެކެވެ. މިގޮތުން މި އަހަރުގެ އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ އޭނާގެ ފުރަތަމަ ފެނިލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މިއަހަރުގެ މެޓް ގާލާގެ ތީމް ކަމަށްވާ “ފެޝަން އިޒް އާޓް” އާ ގުޅޭގޮތުން ކަރަން ޖޯހަރު ހިޔާރުކުރީ އިންޑިއާގެ މަޝްހޫރު ކުރެހުންތެރިޔާ ރާޖާ ރަވީ ވަރުމާގެ ކުރެހުންތަކުގެ އަސަރުތައް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހެދުމެކެވެ.
މަނީޝް މަލޯތުރާ ފަރުމާކުރި މި ހެދުމުގައި ހިމެނޭ ދިގު ކޭޕް ތައްޔާރުކުރުމަށް 86 ދުވަހުގެ ތެރޭގައި 5،600 ގަޑިއިރު ހޭދަކޮށްފައިވެއެވެ. ކަރަން ޖޯހަރު ބުނެފައިވާގޮތުގައި، ރާޖާ ރަވީ ވަރުމާގެ މަސައްކަތްތައް ހިޔާރުކުރީ އޭނާ ފިލްމުތަކުގައި ވެސް ގެނެސްދޭން މަސައްކަތްކުރާ ފަދައިން، އެ ކުރެހުންތަކުން އިހުސާސްތައް ސިފަކޮށްދޭތީއެވެ.
ކަ
ކަރަންގެ މި ފެނިލުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު، ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ސްޓައިލް ޝާހުރުކް ޚާން ފަދަ ތަރިންގެ ފެޝަނާ އަޅައިކިޔައިފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ފާހަގަކުރި ގޮތުގައި ކަރަން ވަނީ މެޓް ގާލާގެ ތީމް ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. ޝާހްރުކް ޚާން ފަދަ ތަރިން އާންމުކޮށް ފެންނަނީ ވަރަށް ކްލެސިކް އަދި އާދައިގެ ސްޓައިލްތަކުން ކަމަށް ވިޔަސް، ކަރަން ވަނީ މެޓް ގާލާގެ ތީމާ އެއްގޮތަށް ވަރަށް ތަފާތު އަދި ފަންނީ ހެދުމެއް ހިޔާރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިއީ އިންޑިއާގެ ތަރިން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެ ގައުމުގެ ސަގާފަތާއި ފަންނުވެރިކަން ދެއްކުމަށް ކުރާ މަސައްކަތުގެ ފުރިހަމަ މިސާލެކެވެ. މީގެ ސަބަބުން އިންޑިއާގެ ފެޝަން އިންޑަސްޓްރީއަށް ދުނިޔޭގެ ފެންވަރުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ފެޝަނަކީ ހަމައެކަނި ޓްރެންޑްތަކަށް ތަބާވުމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަވަންތަކަމާއި ސަގާފަތް ފާހަގަކުރުމެވެ. ކަރަން ޖޯހަރުގެ މި ފެނިލުމުން ދަސްވަނީ، ބައިނަލްއަގުވާމީ މައިދާނެއްގައި ވެސް ތިމާގެ އަމިއްލަ ސަގާފަތާ ގުޅިފައިވާ ތަފާތު ސްޓައިލެއް ގެންގުޅުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމެވެ. ތިމާގެ އަމިއްލަ ސްޓައިލަށް އިތުބާރުކޮށް، ތަފާތު ގޮތްގޮތަށް ހެދުން އެޅުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ.
މެޓް ގާލާ