ހޮރުމުޒް ކަނޑުއޮޅީގައި އޮތް ކޮރެއާގެ ބޯޓަކަށް ހަމަލާއެއް އަމާޒުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުމުގެ ތެރޭގައި ދުނިޔޭގެ ތެލުގެ އެންމެ މުހިންމު އެއްމަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށް އިރާނާއި އެެމެރިކާއިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު ދެގައުމުން ވެސް ވަނީ ހަމަލާތަކެއް ބަދަލުކުރަން ފަށައިފައެވެ.
ކަނޑުއޮޅީގައި ތާށިވެފައިވާ ބޯޓުތަކުގެ ތެރެއިން ދެކުނު ކޮރެއާއަށް ނިސްބަތްވާ ބޯޓެއްގައި އިއްޔެގެ ވަގުތެއްގައި ހަމަލާއެއް އަރައި ގޮވާފައިވާއިރު ބޯޓުގައި ރޯވި ކަމަށް އެގައުމުން ބުނެއެވެ.
ހޮރުމުޒްގެ ޔޫއޭއީ ސަރަހައްދުގައި އޮތް އެބޯޓަށް ހަމަލާ އަރާފައިވާއިރު އެހަމަލާ ދީފައިވަނީ ކޮން ބަޔަކު ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީ އިން ވަނީ 24 ކުރޫއިން ތިބި އެބޯޓަށް އަމާޒުވި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ބުނެފައެވެ.
ބޯޓަށް ލިބުނު ގެއްލުމުގެ މައުލޫމާތު ހިއްސާކޮށްފައިނުވާއިރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮރެއާގެ ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
ދެކުނު ކޮރެއާގެ ބޯޓަކަށް އެރިހަމަލާގެ ދަނޑިވަޅު ބަލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ދެކުނު ކޮރެއާއިން އެއޮޕަރޭޝަންގައި އެމެރިކާއާ އެކު ބައިވެރިވާން ވީ ވަގުތުކަމުގައި ވިދާޅުވެފައެވެ.
ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށް ކޮންޓްރޯލް ކޮށްގެން ބޯޓުތައް އެކަނޑުއޮޅިން ހުރަސްކުރުމުގެ ހުއްދަ ދީފައިވާއިރު ގިނަ އަދަދެއްގެ ބޯޓު އަދިވެސް ކަނޑުއޮޅިން ނުނިކުމެ ތާށިވެފައިވެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު