އެމެރިކާގެ ސްޕިރިޓް އެއާލައިންސް ބަނގުރޫޓުވެ ދަތުުރުތައް ހުއްޓާލަން ނިންމައި އެކަން ރަަސްމީކޮށް އިއުލާންކޮށްފިއެވެެ.
އެމެރިކާގެ ބަޖެޓް އެއާލައިން، ސްޕިރިޓް އެއާލައިންސް އިން ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވަނީ އިގުތިސޯދީ ގޮތުން އެ އެއާލައިނަށް ދިމާވި ގޮންޖެހުންތަކުން އަރައިގަންނާނެ މަގެއް ނުފެނުމުން ކަމަށް އެއާލައިނުން ބުނެއެވެ.
ސްޕިރިޓް އެއާލައިންސް އިން ވަނީ ވިޔަފާރި ދަށްވެ ހަރަދު ބޮޑުވުމުގެ ސަބަބުން އެމެރިކާ ސަރުކާރާ މަޝްވަރާކޮށް 500 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕިރިޓް އެއާލައިންސްގެ ވެބްސައިޓުގައި އިއްޔެ އާންމު ކުރި ބަޔާނުގައި ވާގޮތުން އެ އެއާލައިންގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި ފްލައިޓުތައް ދަތުރުކުރުން ވެސް ވަގުތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ސްޕިރިޓް އެއާލައިންސް އަށް މިފަހުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެެމެރިކާ އާއި އިރާނު ހަނގުރާމައިގެ ސަބަބުން ޖެޓްފިއުލް އަގުބޮޑުވެ ތެލަށް ކުރަން ޖެހުނު ހަރަދު ފޫނުބެއްދުން ކަމަށްވެއެވެ.
ބަޔާނުގައި ސްޕިރިޓް އެއާލައިންސްއިން އިތުރަށް ބުނީ އޮޕަރޭޝަން ހުއްޓާލައި ފަސިންޖަރުން ނަގާފައިވާ ޓިކެޓުތަކަށް ރިފަންޑު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ