ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުުމުގައި ރައީސް ވިދާޅުވީ، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކިއެކި މަޝްރޫއަކުން ދިވެހި ކުންފުނިތަކަށް ދޭން ހުރި ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"1 ނޮވެމްބަރު 2025 - 26 އޭޕްރީލް، މިދިޔަ ހަ މަސް ދުވަހަށް ބަލާއިރުގައި އެކިއެކި ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ ވަނީ ދީފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެވްރެޖުކޮށް ބަލާނަމަ އެއީ ކޮންމެ ހަފްތާއަކު 700 ވެންޑަރުންނަށް ފައިސާ ދޫކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، މި މަހުގެ ބާކީ އޮތް މުއްދަތުގައިވެސް 260 މިލިއަން ރުފިޔާގެ ބިލް ދިވެހި ކުންފުނިތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރިއަށްދަނީ ބޭރުގެ ދަރަނިތައްވެސް ދައްކަމުން ރައްޔިތުންނަށް ދޭން ހުރި ފައިސާވެސް ދެމުން ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ދަރަނިން ސަލާމަތްކުރުމުގެ މަސައްކަތް ކުރުމާއިގެން ކަމަށެވެ.