މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި އުޅުނު އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ހުންނަ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ ޒުވާނަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަރުވެފައިވަނީ އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އެމްއެންޔޫގެ ދަނާލަކީ، އެ ޔުނިވަސިޓީގެ އެކި ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުން ދިރިއުޅޭ ތަނެކެވެ.