އިންޑިއާގައި ތެޔޮ ރިފައިނަރީއެއް ހުޅުވުމުގެ އެއް ދުވަސް ކުރިން ރޯވެއްޖެއެވެ.
އިންޑިއާގެ ބަލޯޓްރާގައި އިމާރާތްކޮށްފައިވާ ޕަޗްޕަޑްރާ ރިފައިނަރީގައި އިއްޔެ ރޯވެފައިވާ އިރު އެތަން ހުޅުވުމަށް މިއަދުގެ ވަގުތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.
ރިފައިނަރި ހުޅުވުމަށްފަހު އެސަރަަހައްދުގައި އާންމުންނާ މުހާތަބްކޮށް މޯދީ ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ މެންދުރުގެ ވަގުތެއްގައި އެ ރިފައިނަރީގެ ސާފުނުކުރާ ތެޔޮ ސާފުކުރުމަށް ބޭނުންކުރާ ސަރަަހައްދުގައި ރޯވި އަލިފާން އެތަނުގެ އިމާރާތް ތެރެއަށް ފެތުރިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލިފާން ނިއްވާ ބޮޑު ޓީމެއް 20 ވެހިކަލްއާއެކު އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ އިރު އޮފިޝަލުން ވަނީ އެތަނުގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ބުނެފައެވެ.
އަލިފާން ރޯވި ސަބަބު ހޯދުމަށް އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ އިރު އިމާރާތުން އަލިފާން އެއްކޮށް ނިއްވާލެވުމުން ހާއްސަ ޓީމެއް އެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް