ޖަޕާނުން ބާރުގަދަ ބޮޑު ބިންހެލުމަކަށް ތައްޔާރުވާން ފަށައިފިއެވެ.
ޖަޕާނަށް އިއްޔެ އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެއީ ބޮޑު ބިންހެލުމެއް އައުމުގެ ނިޝާނެއް ކަމަށް ބެލެވޭތީ އާންމުން ތައްޔާރުވުމަށް ގޮވާލައި ހާއްސަ އިންޒާރެއް ނެރެފައެވެ.
ޖަޕާނުގެ ހޮއްކައިޑޯ އާއި ޗިބާ ޕްރީފެކްޗާ ހިމެނޭ ސަރަހައްދުގައި އާންމުން ދިރިއުޅޭ 182 ތަންތަނަކަށް ވަނީ އިންޒާރު ފޮނުވައިފައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެސަރަހައްދުގައި ދިރިއުޅޭ އާންމުން އަބަދުވެސް ތައްޔާރީ ހާލަތެއްގައި ތިބުމަށާއި ރައްކާތެރި ސަރަހައްދަކަށް ބަދަލުވާނެ ޖެހޭނެ ކަމަށް ބަލައި އެކަމަށް ކުރަންޖެހޭ ކަންކަން ކޮށްގެން ތިބުމަށް އަންގައިފައެވެ.
އޮފިޝަލުން ވަނީ ނުރައްކާތެރި ސަރަހައްދުގައި ތިބި އާންމުން ރައްކާތެރި ސަރަހައްދުތަކަށް ދާން ޖެހޭ ވަގުތު އަމަލު ކުރާނެ ގޮތް ރާވައި ޕްލޭން ހެދުމަށް އަންގައިފައެވެ. އަދި މީގެ އިތުރުން އާއިލާގެ މީހުން އެއްތަނަކަށް އެއްވުމަށް ނުވަތަ އެމީހުންނާ މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތް ވެސް ހަދަައި ތައްޔާރުވުމަށް އަންގައިފައެވެ.
ޖަޕާނަށް އިއްޔެ އައި 7.7 މެގްނިޓިއުޑްގެ ބިންހެލުން އައީ އެގައުމުގެ އިވާޓޭ ސަރަހައްދުގެ އައްސޭރިފަށާ ދިމާލުން 100 ކިލޯމީޓަރު ދުރުން 20 ކިލޯމީޓަރު އަޑިން ކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުމުގެ ލޮޅުން ވެރިރަށް ކިޔޯޓޯއަށް އިހުސާސްވެފައިވާ އިރު ބޮޑު ސަރަހައްދަކަށް ވަނީ ސުނާމީއެއްގެ އިންޒާރުވެސް ދީފައެވެ. ރިޕޯޓުތައް ބުނާގޮތުން ބައެއް ސަރަހައްދުތަކަށް 80 ސެންޓި މީޓަރަށް އަދި ބައެއް ސަރަހައްދުތަކަށް 40 ސެންޓި މީޓަރުގެ ރާޅު ފާހަގަވެފައިވެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް