ގޮސިޕް ގަބޫލުކުރާނަމަ ނޫސްވެރިކަން ކުރި ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އުއްތަމަ ފަނޑިޔާރު މުލިޔާގެއަށް ވަޑައިގެންކަން އެނގިވަޑައިނުގަންނަވާކަމަށެވެ.
"ގައިމުވެސް އަޅުގަނޑާ ބައްދަލުކުރާކަށް އުއްތަމަ ފަނޑިޔާރު ވަޑައެއްނުގަންނަވާ، މުލިއާގެޔަކަށް. ދެން މުލިޔާގެއަށް އަޅުގަނޑާ ބައްދަލުނުކޮށް އެހެންބޭފުޅަކާ ބައްދަލުކުރައްވަން ވަޑައިގަތުމަކީ ވަރަށް ބޮޑު މައްސަލައެއް. ތަނެއްގައި ލިޔާ ވާހަކައެއް ތެދަކަށް ނުވާނެނޫންތޯ. އެއީ ގޮސިޕް އެއީ ގައިމުވެސް ތެދެއްނެތް ވާހަކައެއް." ނޫސްވެރިޔާ ކުރި ޖަވާބުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަނަކުން އިވޭ ވާހަކައެއް ނޫސްވެރިކަމޭ ކިޔައިން ފެތުރުމަކީ ގޮސިޕް (ހަގީގަތާ ހިލާފު ވާހަކަ) ފެތުރުން ކަމަށެވެ. އެއީ ހަގީގީ ނޫސްވެރިކަމެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
."ގޮސިޕަކީ ނޫސްވެރިކަމަށް ބަލައިގެންފިއްޔާ ރާއްޖޭގައި ނޫސްވެރިކަމެއް ކުރިޔަކަށް ނުދާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު