ރައްޔިތުން ބޭނުންވަނީ ސިޔާސީ ގޮތުން ވަޒީފާ ދިނުން ނިމުމަކަށް ގެނައުމަށް ކަމަށާއި އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ވީހާވެސް ކުޑަ ސަރުކާރެއް ހިންގުމަށް ކަމަށާއި ގުޑް ގަވާނެންސްގެ ހުރިހާ ސިފައެއް ހުރުމަށް ކަމަށެވެ. އަދި ވަރަށް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތުގައި ވަޒީފާއަށް މީހުން ނެގުން ކަމަށެވެ.
"ދެން އެއްވެސް ފަރާތަކަށް ކެމްޕޭނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކުން ވަޒީފާ ދިނުން މިގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން ބުނެފި. އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ނަގާނީ އިއުލާނު ކޮށްގެން، ސީވީއަށް ބަލައިގެން މެރިޓް ބޭސްކޮށް ކަމަށެވެ. ނުގަވާއިދުން ނުވަތަ ގަވާއިދާ ހިލާފަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރަން އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު