މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންތަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 16 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެ މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު 47އ. އެވެ.
އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މީހުން
- އިސްމާއިލް އާސިފް، ދާރުލް އައްވަލް / ރ. މަޑުއްވަރީ
- މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
- މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ. މީދޫ
- އަހުމަދު ފާރިސް، 39، މ. އޭސިޔާ
އެނގިފައިވާ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިންނެވެ.
އެ ވައްކަމުގައި އިސްކޮށް އުޅުނީ އާސިފުކަން އެނގިފައިވެއެވެ. އޭނާއަކީ މަނިކު ސޭޓުގެ އާއިލާ މީހެއްގެ ދަރިއެއް ކަމަށް ވެއެވެ. އަދި ވައްކަން ކޮށްފައި ވަނީ މަނިކު ސޭޓުގެ އާއިލާ ގޮވައިގެން އުމްރާއަށް ދިއުމަށް އާސިފްއާ ހަވާލުކޮށްފައި ދިޔަ ވަގުތެއްގައެވެ.
އާސިފަކީ، މީގެ ކުރިން މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްްވާފައިވާ މީހެކެވެ. އޭނާގެ އަދަބު ލުއިކޮށްދީ ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ތެރޭގައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް