ސަރުކާރުގެ ޓެކްސީ ހިދުމަތް، މާލެ ޓެކްސީ ލައިންގެ ހިދުމަތް ދެ ހަފުތާގެ މުއްދަތަކަށް ހިލޭ ދިނުމަށް ފަހު މިއަދުން ފެށިގެން އެ ހިދުމަތަށް އަގު ނަގަން ފަށައިފިއެވެ.
ޓެކްސީ ލައިންގެ ހިދުމަތްދޭ އެމްޓީސީސީން ބުނީ ޓެކްސީ ދަތުރުތަކަށް ފައިސާ ދެއްކުމަށް އެކުންފުނީގެ ވެބްސައިޓް އަދި އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑް ބޭނުން ކުރެވޭނެ ކަމަށެވެ.
އަދި ދަތުުރުތައް ބުކް ކުރުމަށް ވެބްސައިޓާއި ހޮޓްލައިން 1655 ބޭނުން ކުރެވޭނެ ކަމަށެވެ. އެ ހިދުމަތް ފަށާފައިވަނީ 150 ކާރާއެކުއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
ޓެކްސީ ލައިންގެ ހިދުމަތުގެ ސަބަބުން މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށާއި، ޓެކްސީ ލައިންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ. އަދި ޓެކްސީ ލައިނުގައި ބޭނުންކުރާނީ އިލެކްޓްރިކް ކާރުތަކެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ވެސް ފެށިގެންދާނެކަން ވަނީ އިއުލާނުކޮށްފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު