އެމެރިކާއިން މެދުއިރުމައްޗަށް އިތުރު 10،000 ސިފައިން ފޮނުވަން ނިންމައިފިއެވެ.
ދަ ވޮޝިންޓަން ޕޯސްޓްއާ ހަވާލާދީ އެމެރިކާގެ އޮފިޝަލަކު ވަނީ އެގައުމުން މެދުއިރުމަތީގައި ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ބައިވެރިވުމަށް މިމަސް ނިމުމުގެ ކުރިން އިތުރު 10،000 ސިފައިން ފޮނުވުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.
އެެމެރިކާއިން މެދުރިއުމައްޗަށް ފޮނުވާ އިތުރު ސިފައިންގެ ތެރެއިން 6،000 ސިފައިން ދަތުރުކުރާނީ އެގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ޔޫއެސްއެސް ޖޯޖް އެޗް ޑަބްލިއު ބުޝްގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މެދުއިރުމައްޗަށް ފޮނުވާ ސިފައިންގެ ތެރެއިން 4،200 ސިފައިން ވެސް މެދުއިރުމަތީގައި ހަރަކާތްތެރިވާ ސަރަހައްދުތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާ މަތިންދާބޯޓު އުފުލާ ޔޫއެސްއެސް ޖޯޖް އެޗް ޑަބްލިއު ބުޝް މިހާރު ދަތުރުކުރަމުން ދަނީ އެފްރިކާ ސަރަހައްްދުން ކަމަށާއި އެބޯޓާ އެކު މެދުއިރުމަތީގައި އެމެރިކާގެ ވަރުގަދަ ތިން މަނަވަރު ހަރަކާތްތެރިވާނެއެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ