ތުރުކީގެ ދެ ސްކޫލެއްގައި ބަޑިން ހަމަލާދީ ނުވަ މީހުން މަރާލައިފިއެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެގައުމުގެ ކަހްސަމަންމާރަސް ޕްރޮވިންސުގެ ސްކޫލެއްގައި އިއްޔެ ބަޑިން ހަމަލާ ދީފައިވަނީ އެ ސްކޫލުގެ ދަރިވަރެކެވެ.
އިއްޔެ ހިނގި އެހާދިސާގައި ބަޑިން ހަމަލާދީ ނުވަ މީހުން މަރާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދަރިވަރުންނާއި ޓީޗަރެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އެހާދިސާގައި 13 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އޭގެތެރެއިން ހަ މީހަކަށް އިންޓެންސިވް ކެއާގައި ފަރުވާ ދެމުން އަންނަ އިރު ތިން ކުއްޖެއްގެ ހާލު ދެރަ ކަމަށް ބުނެފައެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ސިފްޓްސީ ވަނީ އިއްޔެގެ ހާދިސާގެ އިތުރުން އަންގާރަ ދުވަހު ވެސް ސްކޫލެއްގައި ބަޑިން ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.
ތުރުކީގެ ސަންލިއުފްރާ ޕްރޮވިންސުގައި ހުންނަ ސްކޫލެއްގައި އަންގާރަ ދުވަހު ހިނގި ހާދިސާގައި ބަޑިޖެހުމުގައި ހަރަކާތްތެރިވި އެ ސްކޫލުގެ ކުރީގެ ދަރިވަރު ފުލުހުންގެ ހަމަލާއެއްގައި މަރުވެފައިވާ ކަމަށް އޮފުޝަލުން ބުނެއެވެ. އެހާދިސާގައި 16 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށްވެސް އޮފިޝަލުން ބުންޏެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ