ކަމާބެހޭ މެޝިންތައް އައްޑޫ ސީޓީއަށް ގެންދެވުނުހާ އަވަހަކަށް އައްޑޫސިޓީގެ ލިންކް ރޯޑުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، ރައްޔިތުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވާގޮތަށް އޮތުމުން، އައްޑޫ ލިންކުރޯޑުގެ ޕްރޮޖެކްޓަކީ އެންމެ އިސްމެއް ދެއްވައިގެން ކުރިއަށް ގެންދާނެ މަސައްކަތް ކަމަށް، 2024 ވަނަ އަހަރު މަޖިލީހުގައި، މިނިސްޓަރު ވިދާޅުވެފައިވާ އިރު، މިއަދާ ހަމައަށް އައި އިރުވެސް އެ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ދުވަަކުންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ލިންކް ރޯޑުގެ ޕްރޮޖެކްޓަކީ އައްޑޫސިޓީގައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އެންމެ މުހިއްމު މަސައްކަތް ކަަމަށެވެ.
"މިހާރު އާރުޑީސީއާ އެ މަސައްކަތް ހަވާލުކޮށްފަ ވަނީ، އާރުޑީސީ އަށް މެޝިނަރީތަކާއި އެއްޗެހި ގެންނަންދިޔަ ވަގުތެއް މި ދިޔައީ، މިހާރު މެޝިނަރީތައް އައިސްފަ ހުރީ އެތަކެތި އައްޑުއަށް ގެންދެވުނުހާ އަވަހަކަށް މަސައްކަތް ފެށިގެންދާނެ،"
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު