އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު 2،055 އަށް އަރައިފިއެވެ.
އިޒްރޭލުގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ލުބުނާނަށް މިފަހުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 2،055 މީހުން މަރުވެފައިވާއިރު އެހަމަލާތަކުގައި އެގައުމުން 6،588 މީހުންނަށް އެކިވަރުގެ އަނިޔާވެ ފަރުވާ ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ލުބުނާނުގެ ޕަބްލިކް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކުރިމައުލޫމާތުގައި އިއްޔެ ވެސް އެގައުމަށް އިޒްރޭލުން ދިން ހަމަލާތަކުގައި 35 މީހުން މަރުވެ 152 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާކަމަށް ވެއެވެ.
އެމެރިކާއާއި އިރާނުން ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވި ނަމަވެސް އެއެއްބަސް ވުމުގައި ލުބުނާނުގެ ވާހަކަ ނެތް ކަމަށްބުނެ އިޒްރޭލުން ވަނީ ލުބުނާނަށް ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް