ކާބޯތަކެތީގެ ހިދުމަތްދެއްވުމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ޕީޓްރަލް އަހްމަދު އާދަމް (ޕީޓްރަލް އަހްމަދުބެ) ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ހިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ،ޕީޓްރަލް އަހްމަދުބެ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
ޕީޓްރަލް އަހްމަދުބެ އަކީ ހިތްޕުޅު ހެޔޮ، ހުލްގު ރަނގަޅު ބޭފުޅެއް ކަމަށާއި ހީވާގިކަމާއި އިޖުތިމާއީ ހިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ޕީޓްރަލް އަހްމަދުބެ ބޮޑެތި އެހީތަކެއް ވެދެއްވި އިރު، ލޮނުމަސް އެޅުން ފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް 70 ގެ އަހަރުތަކުން ފެށިގެން ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޓްރަލް އަހްމަދުބެ އަކީ މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި ފަރާތްތަކަމާއި ކޭޓަރިން ދާއިރާގައި، ހާއްސަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ހިދުމަތް ދެއްވި ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު