ބިންވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ފުލެޓަށް އެދެވޭގޮތަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރޭގައި ވަރަށް ނިކެމަތި މީހުން ހިމެނޭ ކަމަށާއި އެ މީހުންނަށް އެ ބިމުގައި ގެ އެޅުމަށް ގިނަ ދުވަސް ނަގާނެތީ އެ މީހުންނަށް އިތުރު ގޮތެއް ހޯދައިދިނުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މީހުން އެދެނީ އެ ގޯތި ދޫކޮށްލާފައި މިހާރު ހުޅުވާލާފައިވާ ފްލެޓު މަޝްރޫއަށް ކުރިމަތިލެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކަމަށާއި އެހެންވެ، އެ އިންތިޒާމު ހަމަޖައްސައިދެއްވަން ނިންމެވީ ކަމަށެވެ.
ރައީސް ވިދާޅުވީ ޖޮއިންޓްކޮށް ގޯތި ލިބިފައި ތިބި މީހުންގެ ތެރެއިން މީހަކު ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލާ ނަމަ އެ ޖާގަ ބަހާނީ ދެން ތިބި މީހުންގެ މެދުގައި ކަމަށެވެ.
"މާނައަކީ ލިބިފައި އޮތް ގޯތި މާލޭ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފައިވާ ގޯތި ދޫކޮށްލުމަށް ފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން، އެއީ ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ އެއްޗެއް އަޅައި ނިމުނީމަ. ގޯތި އަމިއްލައަށް އިމާރާތްކުރަން ޖެހޭނީ"
ރައީސް އިތުރަށް ވިދާޅުވީ، ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް އެ ގޯތި ދޫކޮށްލާފައި ފްލެޓަށް ހުށަހެޅޭނެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު