އެމެރިކާގެ ފެޑަރަލް ބިއުރޯ އިފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކަޝް ޕަޓޭލްގެ ޒާތީ މައުލޫމާތުތަކެއް ހެކަރުން ލީކުކޮށްލައިފިއެވެ.
އެފްބީއައިގެ ޑިރެކްޓަރު ކަޝް ޕަޓޭލްގެ ޒާތީ އީމެއިލްތަކާއި ފޮޓޯތަކުގެ އިތުރުން ވިޔާފާރި ކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން އެހެނިހެން ގިނަ ލިޔެކިޔުންތަކެއް ހެކަރުން އިއްޔެ ލީކުކުރި ލިޔުންތަކުން ފެނިފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިއްޔެ މައުލޫމާތު ލީކުކޮށްފައިވަނީ އިރާނުގެ ސަރުކާރާ ގުޅުންހުރި ހެކްކުރާ ގުރޫޕަކުން ކަމަށެވެ.
އެފްބީއައި އިން ވެސް ވަނީ ޕަޓޭލްގެ މައުލޫމާތު ލީކުވެފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ލީކުވެފައިވާ އެއްވެސް މައުލޫމާތެެއްގައި އެމެރިކާގެ ސަރުކާރުގެ އެއްވެސް މައުލޫމާތެއް ނުހިމެނޭ ކަމަށްވެސް އެފްބީއައި އިން ބުނެއެވެ.
''ހަންޑާލާ ހެކް ޓީމް'' ނަމުން ނަން ދީފައިވާ އެ ގްރޫޕުން އެކި ފަހަރުގެ މަތިން އެމެރިކާ ސަރުކާރުގެ މައުލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އެފްބީއައި އިން ބުނެއެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ