ސިޓީ އަދި ރަށު ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދޭނީ ކައުންސިލްތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި އެ ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރައްވަން ކަމަށެވެ.
ރައީސް ވިދާޅުވީ، އެއްބާރުލުން ނުދޭ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ، އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"ދެން ކޮންމެ ރަށަކަށް ފިޔަވަޅު އަޅައިގެން އެ ރަށަކުން އެ ބިން ތިވިދާޅުވާ ގޮތަށް ގާނޫނުގެ މާއްދާއެއްގެ ދަށުން ބަދަލުކޮށް އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އެކަހަލަ ޕްރޮވިޝަންތަކެއް ގާނޫނުގައި ހުރުމަކީ އެކަން އެޕްލައިކުރަން ޖެހޭ ކަމެއްވެސް ނޫން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ތިން ބާރުގެ މައްޗަށް ހިނގާއިރު، ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ އިދާރާތަކެއް ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވުން އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު