ޚުލާސާ

މާފަންނުގައި ހުންނަ ގުދަނެއްގައި ރޯވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

18 މާޗް 2026، މާލެ، މާފަންނުގައި ހުންނަ ގުދަނެއްގައި ރޯވުން -- ވަން ފޮޓޯ/ މުހައްމަދު އިޝާން

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި ރޯވެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުންނަ ގުދަނުގައެވެ. އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ ދަނީ އަނދަމުންނެވެ.