އެމެރިކާގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޖޯސެފް ކެންޓް އިސްތިއުފާ ދީފިއެވެ.
ޖޯސެފް ކެންޓް އިއްޔެ އިސްތިއުފާ ދިނުމަށްފަހު އިސްތިއުފާގެ ސިޓީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޯސެފް ކެންޓްގެ އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އިސްތިއުފާ ދޭން ނިންމާފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތާއީދު ނުކުރުމަށް ކަމަށް ފާހަގަކޮށްފައެވެ.
ޖޯސެފްގެ ސިޓީގައި ވަނީ އިރާނަކީ އެމެެރިކާއަށް ހުރި ނުރައްކަލެއް ނޫންކަމަށާއި އެމެރިކާއާއި އިޒްރޭލުގެ ޕްރެޝަރުގެ ސަބަބުން މުޅި މެދުއިރުމަތި ހަނގުރާމައަކަށް ގޮސްފައިވާކަން ފާހަގަކޮށްފައެވެ.
ޖޯސެފް ކެންޓްގެ އިސްތިއުފާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވެފައިވަނީ ޖޯސެފް އަކީ ނައިސް މީހެއް ކަމަށާއި އެހެން ނަމަވެސް ސެކިއުރިޓީ ކަންކަމުގައި ބަލިކަށި މީހެއް ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އިރާނަކީ ނުރައްކަލެއްކަމަށް ނުފެންނަ ފަރާތްތައް އޭނާގެ ސަރުކާރުގައި ތިބެގެން ނުވާނެ ކަމަށް ފާހަގަކުރައްވައިފައެެވެ.
އިރާނު ހަނގުރާމައިގެ ސަބަބުން އެެމެރިކާ ސަރުކާރުގެ އިސް ފަރާތެއް ފުރަތަމަ ފަހަރަށް އިސްތިއުފާ ދީފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ފަރާތްތަކަކުން އިސްތިއުފާ ދޭނެކަމަށް ބެލެވޭކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ