ވެއްޓުނު ފްލައިޓުގައި ތިބި ހަ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެެމެރިކާއިން ވައިގެތެރޭ ތެޔޮ އަަޅަން ބޭނުންކުރާ ފްލައިޓެއް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެއްޓިފައިވާއިރު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިއްޔެ ފުރަތަމަ ވަނީ އެއިން ދަތުރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާކަމަށް ބުނެފައެވެ.
އެމެރިކާއިން އިރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ޖެޓުތަކާއި އެހެނިހެން މިލިޓަރީ ފްލައިޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ ކޭސީ-135 މަރުކާގެ އެ ފްލައިޓު ވެއްޓުނު ހާދިސާގެ އިތުރު މައުލޫމާތު ހާމަކޮށް ނެރުނު ބަޔާނެއްގައި ސެންޓްރަލް ކޮމާންޑުން ފަހުން ވަނީ ވެއްޓުނު ފްލައިޓުން ދަތުރުކުރި ހަ ސިފައިންވެސް މަރުވެފައިވާކަމަށް ބުނެފައެވެ.
އެ ހާދިސާގެ ތަފްސީލީ މައުލޫމާތު ހާމަކޮށްފައި ނުވާއިރު ސެންޓްރަލް ކޮމާންޑުންވަނީ ވައިގެ ތެރޭގައި މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ކޭސީ-135 މަރުކާގެ ދެ ފްލައިޓެއް ހަރަކާތްތެރިވި ކަމަށް ބުނެފައެވެ.
ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އަނެއް ފަލައިޓު ރައްކާތެރިކަމާއެކު އިޒްރޭލުގެ އެއާޕޯޓަކަށް ޖައްސާފައިވާކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން އިޒްރޭލަށް ޖައްސާފައިވާ ފްލައިޓަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައިފައެވެ. އާންމުވެފައިވާ ފޮޓޯތަކުން ވަނީ އެފްލައިޓުގެ ފަހަތުކޮޅަށް ލިބިފައިހުރި ގެއްލުން ފާހަގަވެފައެވެ.
އެމެރިކާއިން ކޭސީ-135 މަރުކާގެ ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އިރާގުގެ ސަރަހަައްދަކަށް ވެއްޓިފައިވާ އެ ފްލައިޓުގެ ފޮޓޯއެއްވެސް އާންމުކޮށްފައެއްނުވެއެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ