އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރަށްރަށުގައި މިފަހަރު އީދު ލައިޓް ނުދިއްލާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އީދު ލައިޓުތައް ދިއްލުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ. ކެބިނެޓުން ނިންމާފައިވަނީ ހަމައެކަނި ސިޓީތަކުގައި އީދު ލައިޓުތައް ދިއްލުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިޓީތަކުގައި އީދު ލައިޓު ދިއްލާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށާއި، މުޅި ސިޓީގައި އީދު ލައިޓުތައް ނުދިއްލާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު