މާލޭން ވަގަށް ނަގާފައިވާ 231،000 ރުފިޔާ މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހޯދައިފިއެވެ.
އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަގަށް ނަގާފައިވާ 231،000 ރުފިޔާ މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ވައްކަމާއި ފޭރުމާއި ގުޅުންހުރި މައްސަލަތަކުގައި 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުން މި މަހުގެ 9 އަދި 10 ވަނަ ދުވަހު ހެންވޭރު އަދި މާފަންނު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭ ގާތްގަނޑަކަށް 86،800 ރުފިޔާގެ ވަށްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ހުށަހަޅައިފައެވެ.
އަދި އެ މުއްދަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަން ހިމެނޭހެން ކުރި މަސައްކަތުން 231،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ