ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒުންނަށް، ރައީސް ދެއްވާ މެޑެއްޔާއި އިނާމު ދޭ ޖަލްސާ މާޗު މަހުގެ އެކެއް ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ޖަލްސާގައި މިއަަހަރު 50 ހާފިޒުންނަށް މެޑައްޔާއި އިނާމް ލިބޭނެ ކަމަށެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެ ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިފައިވެ އެވެ.
އާއިޝަތު މާހާ
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް
ކުޑަކުދީން