އިރާނާއި އެމެރިކާގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހަށް ތައާވަލު ކޮށްފިއެވެ.
އެމެރިކާއިން އިރާނާ ދެކޮޅަށް ހުށަހަޅާފައިވާ ނިއުކްލިއާ މައްސަލައިގެ މަޝްވަރާއަށް ދެ ގައުމުން ތިންވަނަ ބައްދަލުވުމެއް ތައާވަލު ކޮށްފައިވާ ކަމަށް ބައްދަލުވުމުގެ މެދުވެރިޔާ ކަމަށްވާ އޮމާނުން ވަނީ ބުނެފައެވެ.
އޮމާންގެ ފޮރިން މިނިސްޓަރު ބަދްރު އަލް ބުސައިދީ ވިދާޅުވީ އިރާނާއި އެމެރިކާއިން ބުރާސްފަތި ދުވަހު ޖެނީވާގައި ބައްދަލުކުރާނެ ކަމަށެވެ.
އިރާނާއި އެމެރިކާގެ މަޝްރަހު ގޯސްވެ ހަނގުރާމައިގެ ތުންފަތް މައްޗަށް މެދުއިރުމަތި ގޮސްފައިވާ އިރު، ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ދެ ގައުމުން ވެސް އެއްބަސްވުމަކަށް އަންނާނެ ކަމަށް އޮމާން އިން ބުނެއެވެ.
އޮމާން އިން ބައްދަލުވުމެއްގެ ފެހި ސިގްނަލް ދިން ނަމަވެސް އެމެރިކާއިން ދަނީ އެގައުމުގެ މިލިޓަރީ މެދުއިރުމައްޗަށް ޖަމާކޮށް ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ.
އިރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން ހުށަހަޅާ ކަންކަން އާންމުކޮށް ހާމަކޮށްފައި ނުވި ނަމަވެސް އިއްޔެ އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށާއި މިނިޓާ ކުރެވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު