މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް ހައްޔަރު ކުރި މީހަކު އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަން 30 ދުވަސް ޖަހައިފިއެވެ.

މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ފިލައިފާނެ ކަމަށް ބެލެވޭތީ، 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، ބަންގްލާދޭޝް ރައްޔިތެއް ކަމަށްވާ އިގްބާލް މިއާ ހައްޔަރުކޮށްފައި ވަނީ، ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އެމީހާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރާ ކުށް، އޭނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެ އަމުރުގައި ބުނާގޮތުން މީނާއަކީ އިމިގްރޭޝަން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ.