މިއަދުން ފެށިގެން މި ރޯދަ މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް މޯލްޑިވްސް ޒަކާތު ހައުސްއިން ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ނިންމައިފައެވެ.

އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އިސްލާމީ މަރުކަޒަށް ގޮސްގެންވެސް ޒަކާތް ދެއްކޭނެއެވެ. އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10 އިން މެންދުރުފަހު 01:00 އާ ހަމައަށެވެ. އަދި 10 މާޗުގެ ފަހުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަންނާނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްތަކެއް ވެސް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފަ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައް:

  • ދިރާގުގެ އެޕްލިކޭޝަނާއި ވެބްސައިޓު މެދުވެރިކޮށް

  • އުރީދޫ

  • އެމްއައިބީ އެޕް

  • ފަހިޕޭ
  • ބަނޑޭރި ޕޭ
  • އަވަސް އެޕް
  • ބީއެމްއެލް އެޕް