ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތިން ގައުމަކީ ރިޕަބްލިކް އޮފް ކިއުބާ އާއި ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްގެ އިތުރުން ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއެވެ.
ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މ. ޒީނާ ޝިރުޒިމަތު ސަމީރުއަށެވެ. އެންޓީގާ އެންޑް ބާބިއުޑާއަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރަކީވެސް އެއީއެވެ. އޭނާއަކީ ރާއްޖޭން އެކުވެރި ދައުލަތްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްއެވެ.
ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް މިހާރުވެސް ކަނޑައަޅާފައި ގުންނަވާ ދާއިމީ މަންދޫބު ގދ. ގައްދޫ ބެންހާގެ ޑރ. އަލީ ނަސީރު މުހައްމަދަށެވެ.
އަދި ކިއުބާއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް މަޖިލީހުން ރުހުންދިނީ އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދުއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް