ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރާލާފައި ވަނީ ވިހަ ބޭނުންކޮށްގެން ކަމަށް ޔޫކޭއިން ބުނެފިއެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރާލުމަށް ބޭނުންކޮށްފައިވާ ވިހަ އަކީ ނުރައްކާތެރި ވިހަ މާއްދާއެއް އެކުލެވޭ ބޮކެއްގެ ވިހަ ބޭނުންކޮށްގެން ކަމަށް ޔޫކޭއިން ބުނެއެވެ.
ޔޫކޭގެ އިތުރުން ޔޫރަޕްގެ ގައުމުތައް ގުޅިގެން އާންމުކުރި އެމައުލޫމާތުގައި ވަނީ މީގެ ދެ އަހަރު ކުރިން ރަޝިޔާގެ ހާއްސަ ޖަލެއްގައި ހުއްޓާ ނަވަލްނީ މަރާލާފައިވާ ކަމަށެވެ.
ޔޫކޭގެ އިއްތިހާދުން އާންމު ކުރި މައުލޫމާތުގައި ވަނީ ނަވަލްނީގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލްތަކުން ވިހައިގެ އަސަރު ހުރިކަމަށް ވެއެވެ.
ނަވަލްނީގެ މަރުގެ މައުލޫމާތު އާންމު ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކޭގެ ފޮރިން ސެކްރެޓަރީ ވެއްޓެ ކޫޕާ ވަނީ ރަޝިޔާގެ ޖަލުގައި ހުއްޓާ ނަވަލްނީ މަރާލުމަށް ވިހަ ބޭނުންކުރީ ކީއްވެކަން ހަމައެކަނީ އެނގޭނީ ރަޝިޔާއަށް ކަމަށާއި އޭގެ ސަބަބު ވެސް އެނގޭނީ ރަޝިޔާއަށް ކަމަށް ފާހަގަކޮށްފައެވެ.
ޔޫކޭގެ އޮފިޝަލުންނާއި ޔޫރަޕްގެ ގައުމުތައް އެކުލެވޭ ކޯލިޝަނުން އިއްޔެ ވަނީ ނަވަލްނީގެ މަރާ ގުޅޭ މައުލޫމާތު އެކުލެވޭ ބަޔާނެއްވެސް ނެރެފައެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ ޖަލަށް ލާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އުމުރުން 47 އަހަރުގައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް