ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގެ އެއާޕޯޓެއް ބަންދުކޮށްފިއެވެ.
އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައިވާ އިރު، އެ އެއާޕޯޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓުތައް ގްރައުންޑުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ދަ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނައުމަށް ނިންމައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން ޓެކްސަސްގެ އެލް ޕާސޯ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަން ނިންމާފައިވަނީ ހާއްސަ ސަލާމަތީ ސަބަބުތަކަކަށްޓަކައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެ އެއާޕޯޓު ހިމެނޭ ސަރަހައްދު މިހާރު ހިމަނާފައިވަނީ އެ ގައުމުގެ ނެޝަނަލް ޑިފެންސް އެއާ ސްޕޭސްގެ ގޮތުގައެެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ