ސާފު ހަކަތައަކީ ހަމައެކަނި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކުރިއަށްގެންދާ ބާރެއް ނޫން ކަމަށާއި އެއީ ތައުލީމާއި، ސިއްހީ ހިދުމަތާއި، އިގުތިސޯދީ ފުރުސަތުތައްވެސް ވަރުގަދަކޮށްދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަކަތައިގެ ރައްކާތެރިކަމަކީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މި ސަރުކާރުން ވަނީ ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށާއި، ރާއްޖޭގެ ތިމާވެއްޓާ ގުޅޭގޮތަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ މަގުސަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ދިރިއުޅުމުގައްޔާއި، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމުގައި ސާފު ހަކަތަ އަދާކުރާ މުހިންމު ދައުރު ވަނީ ހަނދާންކޮށްދެއްވައިފައެވެ.
ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމުގައި އެންމެންގެ ދައުރު އަދާކޮށް، ދުނިޔެ ހިމާޔަތްކުރުމަށްޓަކައި ކެރޭ، ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަން ރައީސް ވަނީ ގޮވާލައްވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު