ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ރޭ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެމީހާއަށް ނަސޭހަތް ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހުން މީހެއްގެ ފޯނު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހައްޓަން އުޅުމުން އެކަމަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ހައްޔަރުކުރުމުން، މީދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި