ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލުގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޖަގަހަ ހުޅުވައިދެއްވީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފްއެވެ.
އެ އިންތިހާބުތަކުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން މިހާރުވަނީ އިންތިހާބުކޮށްފަ އެވެ. އަދި އިންތިހާބު ކާމިޔާބުކުރުމަށް އެ ޕާޓީންދަނީ މަސައްކަތްތައް ކުރަމުންނެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ މިހާރުވެސް މާލޭގެ މޭޔަރުކުރަން ކުރައްވާ އާދަމް އާޒިމް އެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވާކަމަށް އީސީން ބުނެފައިވެއެވެ.
އީސީން މިހާރު ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އީސީން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ ޢޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު