ސެލޫން އެންޑް ސްޕާ، ބޯކޮށުމުގެ ހިދުމަތް އަދި އެސްތެޓިކް ކްލިނިކް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ، ރާއްޖޭގެ ފުރަތަމަ 360 ޑިގްރީ ލަގްޒަރީ މަންޒިލުގެ ގޮތުގައި "އާނާސް" ރަސްމީކޮށް މިރޭ ހުޅުވަން ނިންމައިފިއެވެ.
އެތަން ހުންނާނީ އަލިދޫގޭގައެވެ.
"އާނާސް" އަކީ ރީތިކަމާއި ދުޅަހެޔޮކަމާއި އަދި މެޑިކަލް އެސްތެޓިކްސްގެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވާ ސެލޫނެކެވެ.
"އާނާސް" ހުޅުވުން ފާހަގަކުރަން މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބޮލީވުޑްގެ އެކްޓަރު ވިންދޫ ދާރާ ސިންގް އާއި އޭނާގެ އަނބިކަނބަލުން އަދި ވިޔަފާވެރިޔާ ދީނާ ސިންގް ބައިވެރިވެވަޑައިގަންނަވާނެއެވެ.
"އާނާސް" އިން ބުނީ މަޝްހޫރު ތަރި ސަނީ ލިއޯނީގެ މޭކަޕް ބްރޭންޑް "ސްޓާ ސްޓްރަކް"، އާނާސްއާ ގުޅިގެން ރާއްޖެއަށް ތައާރަފު ކުރުން ވެސް މި ހަފުލާގައި ކުރިއަށްދާނެ ކަމަށެވެ.
އާނާސް އިން އިސްތަށިގަނޑާއި ނިޔަފަތި، ސްޕާ ތެރަޕީ އަދި އެޑްވާންސް މެޑިކަލް އެސްތެޓިކްސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. ސެލޫންގެ މަސައްކަތްތައް މި ދާއިރާގެ ތަޖުރިބާކާރު ސަލީމްގެ އިރުޝާދުގެ ދަށުން ކުރިއަށްދާ އިރު، ނެއިލް ލައުންޖާއި ސްޕާގައި ބޭނުންކުރާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއި ތަޖުރިބާކާރުންގެ ފަރުވާތަކެވެ.
މި ތަނުގެ އެންމެ ހާއްސަ އެއް ހިދުމަތަކީ "އާނާސް އެސްތެޓިކް ކްލިނިކް" އެވެ. މިތަނުން އެޑްވާންސް ޑާމަޓޮލޮޖީ، ކޮސްމެޓިކް ގައިނަކޮލޮޖީ، ލޭޒާ ފަރުވާ އަދި މިވަގުތު ރާއްޖޭގައި ލިބެން ހުރި ހަމައެކަނި ޕްރޮފެޝަނަލް ހެއާ ޓްރާންސްޕްލާންޓް (އިސްތަށި އިންދުން) ގެ ހިދުމަތް ލިބެން ހުންނާނެއެވެ. މީގެ ސަބަބުން މިފަދަ ފަރުވާތަކަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މާލޭގައި ހުންނަ އާނާސް އަކީ ޒަމާނީ ރީތިކަމާއި ދުޅަހެޔޮކަމުގެ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބޭނެ، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ލަގްޒަރީ މަންޒިލަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު