ޑިއުޓީ ފްރީ ފިހާރަތަކުން ދައުލަތަށް މިދިޔަ އަހަރު 100 މިލިއަން ރުފިޔާ ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު 20 ޕަސަންޓުގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުގައިވާ ފާހަގަކޮށްފައިވާ ގޮތުން 2024 ވަނަ އަހަރު ޑިއުޓީ ފްރީ ފިހާރަތަކުން ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 84 މިލިއަން ރުފިޔާއެވެ.

ޑިއުޓީ ފްރީ ފިހާރެއް ހިންގަން ބޭނުންވާ ނަމަ، އެކަމަށް ހާއްސަ ލައިސަންސެއް އިކޮނޮމިކް މިނިސްޓްރީން ހޯދަންޖެހެއެވެ. އިކޮނޮމިކް މިނިސްޓްރީން އެ ލައިސަންސް ދޫކުރުމުން، ރޯޔަލްޓީގެ ބޭނުމަށް، މީރާގައި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

ގާނޫނުގައިވާ ގޮތުން ޑިއުޓީ ފްރީ ހުރިހާ ފިހާރައަކުން ކޮންމެ މަހަކުވެސް އެ މަހެއްގެ އާމްދަނީއަށް ބިނާކޮށް ރޯޔަލްޓީއެއް މީރާއަށް ދައްކަންޖެހެއެވެ.

އެ ގާނޫނުގައިވާ ގޮތުން ރޯޔަލްޓީ ނުދައްކާ ނުވަތަ ރޯޔަލްޓީ ދައްކަންޖެހޭ މުއްދަތުގެ ފަހުން ރޯޔަލްޓީ ދެއްކިޔަސް، ޖޫރިމަނާއެއް ނުކުރާނެއެވެ.