އެމެރިކާގެ މިސިސިޕީގައި ބަޑިން ހަމަލާދީ ހަ މީހަކު މަރާލައިފިއެވެ.
ރިޕޯޓުތައް ބުނަގޮތުން އިއްޔެ ދިން އެ ހަމަލާގައި ކްލޭ ކައުންޓީގެ ތިން ސަރަހައްދެއްގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޮފިޝަލުން ވަނީ އެ ތިން ސަރަހައްދުގައި ވެސް ހަމަލާ ދިނީ އެކަކު ކަމަށް ބުނެފައެވެ.
ކްލޭ ކައުންޓީގެ އޮފިޝަލުން ވަނީ ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ފަރާތުން އާންމުންނަށް އިތުރަށް ދެން ނުރައްކާ ނުވާނެ ކަމަށް ބުނެފައެވެ.
20،000 މީހުންގެ އާބާދީއެއް އޮންނަ ކްލޭ ކައުންޓީގައި އެ ހަމަލާ ދޭން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ