އިންޑޮނޭޝިއާ އަށް ރޭ، 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމުގެ ތަލައުދް އައިލެންޑްސްގެ އައްސޭރި ފަށުގެ ސަރަހައްދަށް އައި އެބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.
ތަލައުދް އައިލެންޑްސްގެ އައްސޭރިފަށުން 17 ކިލޯމީޓަރު އަޑިން ރެކޯޑުކުރެވިފައިވާ ބާރުގަދަ އެބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް އިތުރު ކުދި ލޮޅުންތައް އަންނަމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ނޫސްތަކުން ވަނީ ބިންހެލުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ގެއްލުންމެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އެ ސަރަހައްދަށް ދާދިފަހުން ގިނަ ބިންހެލުންތަކެއް ރެކޯޑު ކުރެވިފައިވާ ކަމަށާއި ބޮޑު ބިންހެލުމެއް އަތުވެދާނެ ނިޝާންތައް ވެސް ފެންނަން ފަށާފައިވާ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބިންހެލުން
ބިންހެލުން
ބިންހެލުން
ބިންހެލުން