ބައްޔެއްގެ ސަބަބުން އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ސޭވިންގެ ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވާނީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދެވެ.
އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށް މިހާރު ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ޓާމިނަލް އިލްނަސް ނުވަތަ ގަދަނުވާނެ ބައްޔެއްގައި ތިބޭ މީހުންނަށް 65 އަހަރު ނުވިޔަސް ރިޓަޔާމެންޓް ފައިސާ ނެގިދާނެ ކަމަށެވެ.
އިސްލާހުގައިވަނީ ޓާމިނަލް އިލްނަސްގެ ހާލަތުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން ޓާމިނަލް އިލްނަސްގެ ހާލަތުކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތަށެވެ.
ޓާމިނަލް އިލްނަސްއެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާވެސް ދޫކުރެވިދާނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެެވެ.
ސަރުކާރުގެ ފަރާތުން ވަނީ ޕެންޝަން ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނައުމަށްވެސް މަޖިލީހަށް ފޮނުވައިފައެވެ. އެގޮތުން ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމާނާފައިވެއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތަކުގެ ޑައުންޕޭމަންޓު ދެއްކުމަށެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޕެންޝަން ފަންޑުގެ އެކައުންޓުގައި ހުންނަ ފައިސާއަކީ ރިޓަޔަމެންޓް ޕެންޝަނުގެ ފައިސާއެއް ނޫން. އެއީ އެކްރޫޑް ޕެންޝަނުގެ ފައިސާ. އެއީ އެމީހަކު ވަޒީފާ އަދާކުރާއިރު، ކޮންމެ މަހަކު އެމީހެއްގެ މުސާރައިންނާއި ވަޒީފާ ދޭ ފަރާތުން ޖަމާކުރަމުންދާ ފައިސާ. ރިޓަޔަރމެންޓް ޕެންޝަނުގެ ފައިސާއެއް އެއެކައުންޓަކު ނުހުންނާނެ. ރިޓަޔަރމެންޓް ޕެންޝަނުގެ ފައިސާއަކީ، އެމީހަކު ވަޒިފާއިން ރިޓަޔަރކުރާއިރު އެމީހަކަށް ލިބެމުންދިޔަ މުސާރައާއި ވަޒީފާ އަދާކުރި މުއްދަތުގެ ނިސްބަތުން ކޮންމެ މަހަކު އެމީހަކަށް ދެމުންގެންދާ ފައިސާއެއް.
ސުހާނާ - 5 މަސް ކުރިން