ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއް ބިނާކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސް ޑރ. މުުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ ދިވެހީންގެ އެންމެ އެވޭލާ ތާރީހުއްސުރެ މިއަދާ ހަމައަށް އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުވޭތޯ ކާބަފައި ޒަމާނުއްސުރެ ގަދައަޅައި މަސައްކަތްކުރަމުން ދިޔަ ފެންނާން އޮތް އެއް ހަގީގަތެއް ކަމަށެވެ.
ގައުމުގެ ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަ ކަމަށާއި ދިވެހި ރައްޔިތުން އަބަދުމެ ދެމިތިބޭނީ، އެ ރޫހާއި އެ ވިސްނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުމެވެ. ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ އާ އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ތިމާ އުފަންވި ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އާކުރުމުގެ ވަގުތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު