ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.
ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް "ވަން"އަށް ވިދާޅުވީ ފައްތާހު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
"މިއަދު އިރު އޮއްސުނުފަހުން ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ، ފަރުވާ ދެމުން ދަނިކޮށް ނިޔާވީ،" އިންފާޒް ވިދާޅުވި އެވެ.
ފައްތާހަކީ ދިވެހި ސިނަމާގައި އެންމެ މަގުބޫލު ފިލްމުތައް ގެނެސްދިން އެއް ޑައިރެކްޓަރެވެ. އޭނާގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ހިމޭން ދުނިޔެ"، "އާނ އަހަރެންވެސް ލޯބިވިން"، "ހުރީމޭ އިންތިޒާރުގައި"، "ވެހޭ ވާރޭ ތެރޭން"، "ވާލޯބި އެނގޭނަމަ"، "ޖިންނި" އަދި "14 ވިލޭރޭ" ހިމެނެ އެވެ.
ފައްތާހު އެންމެ ފަހުން ފިލްމެއް ގެނެސްދިނީ 2017 ވަނަ އަހަރު އެވެ. އެއީ ދިވެހި ފިލްމް "ހައްދު" އެވެ. އެ ފިލްމަށްފަހު ފައްތާހުވަނީ ފިލްމު އިންޑަސްޓްރީ އާ ދުރަށް ގޮސްފަ އެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް