ގައުމީ އެއާލައިން، މޯލްޑިވިއަނުން، އޮސްޓްރޭލިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ޓްރެވެލް ކުންފުންޏެއްކަމަށްވާ "ލަގްޒަރީ އެސްކޭޕްސް" އާއި ގުޅިގެންން ކަމަށެވެ. އެ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއިންކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މި ދަތުރުތަކަކީ ސީޒަނަލްކޮށް ފަށާ ދަތުރުތަކެއް ކަމަށާއި ދަތުރުތައް ފަށާނީ މިއަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުކަމަށް މޯލްޑިވިއަނުން ބުންޏެވެ. ހަފުތާއެކު އެއް ފަހަރު ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މި ދަތުރުގެ ޓިކެޓު އަގު މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެއެވެ.