އެމެރިކާއަށް އެތެރެވުން މަނާކުރާ ލިސްޓުގައި އިތުރު ހަތް ގައުމު ހިމަނައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމަށް އެެތެރެވުން މަނާވާ ގައުމުތަކުގެ ލިސްޓަށް ހަތް ގައުމު އިތުރުކުރައްވާފައިވާ އިރު، އޭގެ ތެރޭގައި ސީރިއާ ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އެެމެރިކާގެ ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ވާގޮތުން އެ ގަރާރުގައި ރައީސް ޓްރަމްްޕް ސޮއި ކުރައްވާފައިވާ ކަމަށާއި އެގަރާރަކީ އެމެރިކާގެ އަމިއްލަ ސަލާމަތަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެމެރިކާއިން އިއްޔެ އިތުރުކުރި ގައުމުތަކުގެ ތެރޭގައި ބުރްކީނާ ފަސޯ އާއި މާލީގެ އިތުރުން ނައިޖާ އަދި ދެކުނު ސޫދާނާއި ސީރިޔާ ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މީގެ އިތުރުން ފަލަސްތީނުގެ އިދާރާއިން ހުށަހަޅާ ލިޔުމުގައި އެމެރިކާ އަށް އެތެރެވާ މީހުންވެސް މަނާކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

އެމެރިކާއިން އިތުރުކުރި ލިސްޓަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ވައިޓްހައުން އިން ބުނެއެވެ.