ޕެސިފިކް ކަނޑުން ދަތުރުކުރި ތިން ބޯޓަކަށް އެމެރިކާއިން ހަމަލާދީފިއެވެ.
އެމެރިކާގެ ސަދަން ކޮމާންޑުން ބުނެފައިވާގޮތުގައި އެގައުމުގެ މިލިޓަރީން ޕެސިފިކް ކަނޑުގައި ހިންގާފައިވަނީ ޑްރަގާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެކެވެ.
އެ ހަމަލާގައި ޕެސިފިކް ކަނޑުން ދަތުރުކުރި ތިން ބޯޓަކަށް ދިން ހަމަލާގައި އަށް މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ސަދަން ކޮމާންޑުން ވަނީ އެ އުޅަނދުތައް ދަތުރުކުރަމުން ދިޔައީ ޑްރަގް ޓްރެފިކް ކުރަމުން ކަމަށާއި އެ ބޯޓުތަކުގައި ގިނަ އަދަދެއްގެ ޑްރަގް އުފުލާފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައިނަލްއަގުވާމީ ކަނޑުތަކުގައި ހިންގަމުންގެންދާ ޑްރަގް ޓްރެފިކްކުރުމާ ގުޅޭ މިޝަންތަކުގައި މިހާތަނަށް ވަނީ 95 މީހަކު މަރާލައިފައެވެ.
އެމެރިކާއިން ދާދިފަހުން ވަނީ ވެނެޒުއޭލާގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ވެނެޒުއޭލައަށް ނިސްބަތްވާ ބޯޓުތަކަށް ވެސް ހަމަލާދީފައެވެ. އެ ހަމަލާއާ ގުޅިގެން ދެގައުމުގެ ދެމެދު މަޝްރަހު ގޯސްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެމެރިކާއިން ވެނެޒުއޭލާއަށް ފިޔަވަޅު އަޅަން ފަށާފައިވާ އިރު، މިދިޔަ ހަފުތާގައި ވަނީ ކުންފުނިތަކުން ވެނެޒުއޭލާއަށް ތެޔޮ ފޯރުކޮށްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެގޮތުން ވެނެޒުއޭލާއަށް ތެޔޮ އުފުލަމުން ދިޔަ ތެޔޮ ބޯޓެއް ވެސް ވަނީ ހިފަހައްޓައިފައެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ